އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާތައް އަދި އުސޫލު

މާޅޮސްމަޑުލު އުތުރުބުރީ އުފުލަންދޫ ބެލެހެއްޓުމާގުޅޭ އުޞޫލު

 

މާޅޮސްމަޑުލު އުތުރުބުރީ އުފުލަންދޫ ބެލެއްހެއްޓުމާ ގުޅޭ އުޞޫލު

23 ޖުލައި 2026

ނަންބަރު: 308/USL/2026/01

 

1.      ތަޢާރަފާއި ނަން

 | ހ.  | މި އުޞޫލަކީ، މަޑުއްވަރީގެ އިޚުތިޞާޞްގެ ދަށުގައިވާ އުފުލަންދޫ ބެލެހެއްޓުމާ ގުޅޭ އެންމެހާ މަސައްކަތްތަކާއި، އުފުލަންދޫ ބެލެހެއްޓުމުގެ އެންމެހާ އަޞާޞްތައް ކަނޑައެޅުމަށްޓަކައި ހެދިފައިވާ އުޞޫލެކެވެ.  
 | ށ.  | މި އުޞޫލަށް ކިޔަނީ، " މާޅޮސްމަޑުލު އުތުރުބުރީ އުފުލަންދޫ ބެލެހެއްޓުމާގުޅޭ އުޞޫލު" އެވެ.

 

2.      މަޤުޞަދު 

 | ހ.  | މި އުޞޫލުގެ މަޤުޞަދަކީ އުފުލަންދޫ ބެލެހެއްޓުމާއި، އުފުލަންދޫގައި ކުރެވޭނެ މަސައްކަތްތަކާއި އަދި ކަނޑައެޅޭ މަސައްކަތްތައް ކުރެވޭނެ އުޞޫލުތައް ކަނޑައެޅުމާއި؛  
 |  ށ. | އުފުލަންދޫއިން ދެމެހެއްޓެނިވި ގޮތެއްގައި އެއް އުޞޫލެއްގެ ތެރެއިން ހަމަހަމަ ކަމާއެކު މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ރައްޔިތުންނަށް މަންފާ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުމެވެ.

 

3.      އުޞޫލު ހިންގާ އަދި ތަންފީޒުކުރާ ފަރާތް

  | މި އުޞޫލު ހިންގާ އަދި ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރާނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ.


 

4.      ޢަމަލުކުރަންފަށާ ތާރީޚް

 މިއުސޫލަށް ޢަމަލުކުރަން ފަށާނީ، މިއުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. 

5.      މުއްދަތު 

 | ހ. | މާޅޮސްމަޑުލު އުތުރުބުރީ  މަޑުއްވަރީ ކައުންސިލުން މި އުޞޫލު އުވާލުމާ ހަމައަށް މި އުޞޫލު ދެމިއޮންނާނެއެވެ.  
 |  ށ. | މި އުޞޫލަށް ޢަމަލުކުރަންފެށުމާއެކު، ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުމާއި، ރަށުގައި އެއްވެސް މަސައްކަތެއްކުރުމާއި، ދަނޑުގޮވާންކުރުމަކީ މަނާކަމެކެވެ.

 

6.      ރަށް ބޭނުންކުރުން ނުވަތަ ކުރުން ހުއްދަ މަސައްކަތް

 | ހ.  | މި އުޞޫލުގެ ދަށުން އަންނަނިވި މަސައްކަތްތައް ރަށުގައި ކުރެވިދާނެއެވެ.

 

 | 1. | ދަނޑުގޮވާންކުރުން
 | 2. | ގެރިބަކަރި، ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުން
 | 3. | ކާށި، މިދިލިއޮށް އަދި ފަން ހޮވައިގެން ވިއްކުން

 

7.      ދަނޑުގޮވާންކުރުމާއި ގެރިބަކަރި އަދި ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ބިން ދޫކުރުން

 | ހ. | ގެރިބަކަރި އަދި ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 3000 (ތިންހާސް) އަކަފޫޓެވެ.
 | ށ. | ދަނޑުގޮވާންކުރުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 5000 (ފަސްހާސް) އަކަފޫޓެވެ.
 | ނ. | މިމާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ބިންތަކުގެ މުއްދަތަކީ ގިނަވެގެން 03 (ތިނެއް) އަހަރު ދުވަހެވެ.
 | ރ. | މި އުޞޫލުގެ ދަށުން ދަނޑުގޮވާންކުރުމާއި، ގެރިބަކަރި، ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ކުއްޔަށްދޭ ބިންތައް ކަނޑައަޅާނީ ކައުންސިލުންނެވެ.
 | ބ. | މި މާއްދާގެ (ރ) ގެ ދަށުން ކުއްޔަށް ދޫކުރާ ބިންތަކަށް ތަރުތީބު ނަންބަރެއް ކަނޑައަޅައި، ބިން އޮތް ސަރަޙައްދު ދެނެގަނެވޭހެން ބިންތަކުގެ ޗާޓެއް އެކުލަވާލައި މި އުޞޫލުގައި ހިމަނަންވާނެއެވެ. (ޗާޓު ޖަދުވަލު 1 ގައި ހިމެނިފައި)
| ޅ. | މި އުޞޫލު ފާސްކޮށް ގެޒެޓްކުރާ ތާރީޚުގައި މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން، ކައުންސިލުން ކަނޑައަޅާފައިވާ ބިން ދޫކުރާ ސަރަޙައްދުގެ ޗާޓަށް ރިޢާޔަތްކޮށް ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލައި އިޢުލާންކުރަންވާނެއެވެ.
| ކ. | ބިން ދޫކުރުމަށް ކުރާ އިޢުލާނާ ގުޅިގެން އެކަމަށް ޝައުޤުވެރިކަން ފައުޅުކޮށް ބިމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ނިޞްބަތް ބިމުގެ ނިސްބަތަށްވުރެ އިތުރުނަމަ، ބިން ކުއްޔަށް ދޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުން ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި، ކުރިން ބިން ކުއްޔަށްހިފައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދިނުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. 
| އ. | ބިން ކުއްޔަށް ނެގުމަށް ފުރުޞަތު ހުޅުވާލަންވާނީ މިއުޞޫލުގެ ޖަދުވަލު 2 ގައިވާ "ރ.އުފުލަންދޫއިން ކުލީބިމަށް އެދި ހުށަހަޅާ ފޯމު"  ފޯމު މެދުވެރިކޮށެވެ. (ނަމޫނާފޯމު ޖަދުވަލު 2 ގައި)
| ވ. | ރަށުން ބިން ކުއްޔަށް ނަގާ ފަރާތްތަކުން، ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ އިންވަކިކޮށް 3 (ތިނެއް) ފޫޓަށްވުރެ ތިރި ނުވާގޮތަށް ވަށައިގެން ފެންސު ނުވަތަ ބިތްގަނޑު ޖަހަންވާނެއެވެ. 
| މ. | ބިން ކުއްޔަށް ނަގާ ފަރާތުން ބިމުގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަނަމަ، ގެންނަ ބިދޭސީންގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރަންވާނެއެވެ. އަދި މިގޮތަށް ގެނެވޭ ބިދޭސީންނަކީ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ގެނެވޭ ބަޔަކަށް ވާންވާނެއެވެ. އަދި އެބިދޭސީންނަކީ، އެމީހުން ގެނެވޭ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ކުރުމަށް ފުރުޞަތުދެވޭ ބަޔަކަށް ވެގެންނުވާނެއެވެ. ފ. މި އުޞޫލުގެ ދަށުން ކޮންމެ ގޭބީސީއަކަށް ދެވޭނީ އެ ގޭބިސީއެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ގިނަވެގެން 3 (ތިނެއް) ދަނޑެވެ. ދ. މި އުޞޫލުގެ ދަށުން ދަނޑުބިން ދޫކުރެވޭނީ މަހުންމަހަށް ކައުންސިލަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާފައިވާ ފަރާތް ތަކަށެވެ.  

8.      ކުލި

 | ހ.  | މި އުޞޫލުގެ 07 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާ ބިންތަކުގެ އަގަކީ އަކަފޫޓަކަށް 04 (ހަތަރެއް) ލާރިއެވެ.
 | ށ.  | މި އުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު، ކުއްޔަށް ދޫކުރެވޭ ބިންތަކުގެ އެއްބަސްވުމުގެ ފުރަތަމަ 06 (ހައެއް) މަސްދުވަހުގެ ކުލި ބިން ކުއްޔަށް ނަގާ ފަރާތްތަކުން ދައްކާކަށް ނުޖެހޭނެއެވެ.
 | ނ. | މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ކުރުމުގައި، މި އުޞޫލުގެ 20 ވަނަ މާއްދާއަށް ރިޢާޔަތްކުރަންވާނެއެވެ.

 

9.      އެއްބަސްވުން

 | ހ.  | މިއުޞޫލުގެ ދަށުން ބިމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބިން ދޫކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރަންވާނީ، މި އުޞޫލުގެ ދަށުން ހަދާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުއެވެ.
 | ށ.  | މި އުޞޫލުގެ 06 ވަނަ މާއްދާގެ (ހ) ގައި ބުނާ މަސައްކަތްތަކަށް ބިން ދޫކުރާނަމަ، ބިން ދޫކުރަންވާނީ ގިނަވެގެން 03 (ތިނެއް) އަހަރު ދުވަހުގެ ނިޔަލަށެވެ.
 | ނ. | ބިން ކުއްޔަށް ދޫކުރެވޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ބިން ދޫކުރެވިފައިވާ މުއްދަތު ގުނަންފެށޭނެއެވެ.
 | ރ. | ބިން ކުއްޔަށް ދޫކުރެވޭ ފަރާތްތަކުން އިތުރު އެހެން ފަރާތަކާއި (ތިންވަނަ ފަރާތް) ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރާ މަސައްކަތްތައް ކުރުމަށް ޙަވާލުކުރާނަމަ، ޙަވާލުކުރަންވާނީ ލިޔުމުން އެކަން ކައުންސިލަށް އަންގައި ހުއްދަ ލިބިގެންނެވެ.
 | ބ.  ޅ. | ކުއްޔަށް ދޫކުރެވޭ، އެއްބަސްވުމުގެ މުއްދަތުގައި ރަށަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރަށުގައި ޤާއިމުކުރަންވާނީ ބިންކުއްޔަށް ނަގާފަރާތްތަކުންނެވެ.  

 

10.  ކާށި/މިދިލި އޮށް އަދި ފަން ވިއްކުން

 | ހ.  | ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި އުފުލަންދޫއިން ކާށި، މިދިލި އޮށް އަދި ފަން ހޮވުމަށް ފުރުޞަތު ހުޅުވާލަންވާނެއެވެ.
 | ށ.  | އަދި މިގޮތަށް ކައުންސިލުން ފުރުޞަތު ހުޅުވާލުމުން، ރަށަށް ދިއުމަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް، ދަތުރުގައި ބައިވެރިވާ ކޮންމެ މީހަކު ކައުންސިލަށް ދެއްކުމަށްފަހު މި ދަތުރުގައި ބައިވެރިވެވޭނެއެވެ.

 

11.  ރަށުގައި ކުރުން މަނާކަންކަން

 | ހ.  | ރަށުގައި ހުރި ރުއްގަސް ކަނޑައި، ކޮނެގެން އުފުރައި އަދި ނަގައި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުން.
 | ށ.  | ރުއްއެޅުން
 | ނ.  | ވަލު ތެރެއިންނާއި ރަށުގެ އެކި ސަރަޙައްދު ތަކުންނާއި އަދި ގޮނޑުދޮށުން ވެލި ނެގުން
 | ރ.  | ރުއްގަސް ކެނޑުން އަދި ރުއްގަހަށް ގެއްލުންދިނުން.
 | ބ. | ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް ފިޔަވައި އެހެން ސަރަޙައްދުތަކަށް ކުނި އެޅުމާއި ރަށް ހަޑިކުރުން
 | ޅ. | ކުއްޔަށް ދޫކުރެވޭ ބިމުގައި، ސިމެންތި ނުވަތަ އުވަ ބޭނުންކޮށްގެން އެއްވެސް ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއް ނަމަވެސް ހެދުން
 | ކ. | މިހާރު ރަށުގައި ހުރި އެއްވެސް އާސާރީތަނަކަށް ނުވަތަ ޢިމާރާތަކަށް ގެއްލުން ދިނުން.
 | އ. | ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފު ކަންކަންކުރުން
 | ވ. | ރުއްތައް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ ރުއްތައް އެހެން ފަރާތްތަކުން ބޭނުންކުރުން.

 

12.  އުޞޫލާއި ޚިލާފުވުން

 | ހ.  | މިއުޞޫލާއި ޚިލާފުވެއްޖެނަމަ، އެ ޚިލާފެއްގެ ކުޑަ ބޮޑުމިނަށް ބަލައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޢަމަލުކުރެވިދާނެއެވެ.

 

 | 1.  | ނަސޭޙަތް ދިނުން
 | 2.  | މިއުޞޫލުގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ޖޫރިމަނާ ކުރުން.
 | .3 | ޝަރުޢީ މަރުހަލާ އިޚުތިޔާރުކުރުން

 

13.  ދަތުރު ދިއުމުގެ ހުއްދަ ހޯދުން

 | ހ. | ރަށަށް ދަތުރުދާ ފަރާތްތަކުން ދަތުރު ދިއުމުގެ މަދުވެގެން 01 (އެކެއް) ގަޑިއިރު ކުރިން ކައުންސިލުން ހުއްދަ ހޯދުމަށް ކަނޑައަޅާ ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް ހުއްދަ ހޯދަން ވާނެއެވެ.
 | ށ. | ރަށަށް ދަތުރުދާމީހުން ރަށުގެ މޫދަށް އެރޭ ސަރަޙައްދާއި ޕިކްނިކް ސަރަޙައްދުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭންވާނެއެވެ.
 | ނ. | ރަށަށް އެއްވެސް ކުންޏެއް ނުވަތަ ބޭނުންކޮށްފައިވާ އެއްވެސް ސާމާނެއް ދޫކޮށްލައި ނުވަތަ އެއްލާލައިގެން ނުވާނެއެވެ.
 | ރ. | ދަތުރުދާ ފަރާތްތަކުން، ރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތައް، އެބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުގެ ހުއްދަ ނުހޯދައި ބިންތަކަށް/ދަނޑުތަކަށް ވަނުމާއި ދަނޑުތަކުގައި ހުންނަ ތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

14.  ސާފުކޮށް ބެލެހެއްޓުން 

 | އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ގުޅިފައިވާ މަގާއި އަދި ގޯޅި ކުނިކަހާ ސާފުކުރަންވާނީ އެ ބިމެއް ކުއްޔަށްނަގާފައިވާ ފަރާތަކުންނެވެ.

 

15.  ކުންޏާއިމެދު ޢަމަލުކުރަންވީ ގޮތް

 | ހ.  | ރަށުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކާއި އަދި ރަށަށް ދަތުރުދާ ފަރާތްތަކުން ރަށުގެ އެއްވެސް ސަރަޙައްދަކަށް ކުނިވާ އަދި ނުބައިވަސްދުވާ ނުވަތަ ބަދިގެ ކުނި އަޅައިގެން ނުވާނެއެވެ.
 | ށ.  | ދަނޑުބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދަނޑު ހެއްދުމުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން، ގަސްކާނާ ފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންކުރެވޭނެ ތަކެތި ފިޔަވައި ދެން ހުރި ކުނި ޖަމާކުރަންވާނީ ކައުންސިލުން ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަށެވެ.
 | ނ. | ކުނީގެ ތެރެއިން ޕްލާސްޓިކް، ދަގަނޑު، ބިއްލޫރި ފަދަ ތަކެތި ބަހައްޓަންވާނީ ވަކިކޮށްފައެވެ.
 | ރ. | ކުނީގެ ތެރެއިން ނުރައްކާތެރި ކުނި (ބެޓެރި، ކެމިކަލް، ފައިބަރު ފަދަ) ހުންނަންވާނީ ވަކިކޮށްފައެވެ.
 | ބ. | މި އުޞޫލުގައި ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކުނީގެ ބާވަތެއްގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެކުންޏަކާއިމެދު ޢަމަލުކުރަންވީގޮތެއް ނިންމާނީ ކައުންސިލުންނެވެ.

 

16.  ޖޫރިމަނާކުރުން

  | މިއުޞޫލާއި ކަނޑައެޅިގެން ޚިލާފުވާ ފަރާތްތަކަށް އެ ޚިލާފުވީ ކަމެއްގެ ކުޑަބޮޑު މިނަށް ބަލައި 500 (ފަސްސަތޭކަ) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.


 

17.  އިންދާ ހެއްދޭނެ ބާވަތްތައް

 | ހ.  | މި އުޞޫލުގެ ދަށުން ރ.އުފުލަންދޫއިން ބިން ކުއްޔަށްނަގާ ފަރާތްތަކަށް ދޫކުރެވޭ ބިންތަކުގައި އިންދައި ހައްދަންވާނީ ކުރު މުއްދަތުން ނަފާނެރެވޭ (ކަރާ، ބަރަބޯ،މިރުސް، ބަށި، ފަޅޯ، ޓޮމާޓޯ ފަދަ) ބާވަތްތަކެވެ.
 | ށ.  | މި މާއްދާގެ (ހ) ގައި ނުހިމެނޭ ބިޔަކޮށްހެދޭ ގަސްގަހާގެހި (ރުއް، ބަނބުކެޔޮ، ޖަނބުރޯލު، އަނބު، ފަދަ) ތަކެތި އިންދުމަކީ މަނާކަމެކެވެ.

 

18.  ދަފްތަރު އެކުލަވާލައި ލިޔެ ބެލެހެއްޓުން

 | ހ.  | މި އުޞޫލުގެ ދަށުން ރ.އުފުލަންދޫއިން މި އުޞޫލުގެ 6 ވަނަ މާއްދާގައި ބުނާ މަސައްކަތް ކުރުމަށް ބިން ކުއްޔަށްނަގާ ފަރާތްތަކުގެ ދަފްތަރެއް ކައުންސިލުން އެކުލަވާލައި ލިޔެ ބަލަހައްޓަންވާނެއެވެ.  (ޖަދުވަލުގެ 3 ގައިހިމެނުމަށް)
| ށ.  | މި މާއްދާގެ (ހ) ގައި ބުނާ ދަފްތަރުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

 

 | 1.  | ބިން ކުއްޔަށް ނަގާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް
 | 2.  | ބިން އޮތް ސަރައްޙައްދު
 | .3 | ބިމުގައި ކުރާ މަސައްކަތް
 | 4. | ބިމުގެ ބޮޑު މިން (އަކަފޫޓް) 
 | 5. | ބިން ދޫކުރެވުނު ތާރީޚް
 | 6. | ބިމުގެ މުއްދަތު ހަމަވާ ތާރީޚް
 | 7. | ބިމު ކުލި

 

19.  އެއްބަސްވުން ބާޠިލްކުރުން ނުވަތަ ނިންމުން

 | ހ.  | ތިރީގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބުނާ މަސައްކަތްތަކަށް ކުއްޔަށް ދޫކުރާ ބިމުގެ އެއްބަސްވުން ބާޠިލްކޮށް އެފަރާތަކަށް ކުއްޔަށް ދޫކުރެވިފައިވާ ބިން ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 | 1.  | އެއްބަސްވުމުގެ މުއްދަތު ހަމަވުން
 | 2.  | އެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ޚިލާފުވުން
 | .3 | އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބިންސާފުކޮށް ޢަމަލީ މަސައްކަތް ފަށާފައިނުވުން.
 | 4. | ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ކުރުމަށް ހުއްދަ ދެވިފައިވާ މަސައްކަތްނޫން އެހެން މަސައްކަތެއް ކުރުން
 | 5. | ކުއްޔަށް ދޫކޮށްފައިވާ އަކަފޫޓަށް ބިން އިތުރުކުރުން.
 | 6. | މިއުޞޫލުގެ 11 ވަނަ މާއްދާގައި ބުނާ އެއްވެސް ޢަމަލެއް ހިންގުން.

 

 

20.  ނޯޓިސް މުއްދަތު

 | ހ.  | މި އުޞޫލުގެ 08 ވަނަ މާއްދާގައި ކުލީގެ އެއްބަސްވުމުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ކުލި ނުނެގޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެއްބަސްވުމުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން (އެއްވެސް މަޤުބޫލު އުޒުރެއްނެތި) ބިން ދޫކޮށްލާނަމަ، ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ކުލި، ބިން ކުއްޔަށްނަގާފައިވާ ފަރާތުން ކައުންސިލަށް ދައްކަންވާނެއެވެ.
 | ށ.  | އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ދޫކުރެވިފައިވާ ބިން ދޫކޮށްލާނަމަ، 03 (ތިނެއް) މަސްދުވަހުގެ ނޯޓިސްއެއް ދޭންވާނެއެވެ.

 

21.  ބަދަލުދިނުން

  | ހ.  | ކުއްޔަށްދޫކުރެވޭ ބިމުގެ އެއްބަސްވުން ބާޠިލުކުރުމުން ނުވަތަ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ކުއްޔަށް ނަގާ ފަރާތުން ބިމަށް ދޫކޮށްލާފައިވާ އެއްވެސް އެއްޗަކަށް ބަދަލެއް ނުދެވޭނެއެވެ.   
 | ށ.  | މިއުޞޫލުގެ ދަށުން ބިން ކުއްޔަށް ނަގާ ފަރާތްތަކުން ބިމުގައި ކުރާ އެއްވެސް އިންވެސްޓްމަންޓަކަށް ކައުންސިލުން ބަދަލެއް ނުދޭނެއެވެ.   


22.  އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވުން

 | މިއުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ އުޞޫލުގެ އެއްވެސް ޢިބާރާތެއް ނުވަތަ ލަފުޒެއް ނުވަތަ ބުނެފައިވާ އެއްޗެއް މާނަކުރުމުގައި އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެކަމުގައި ގޮތް ނިންމާނީ ކައުންސިލުންނެވެ. އަދި އެފަދަ ޙާލަތެއްގައި އެ ނިންމާ ނިންމުމަކީ އުޞޫލުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.

 

23.  އުޞޫލަށް އިސްލާޙުގެނައުން

 | މިއުޞޫލަށް އިސްލާޙު ގެނައުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި އުޞޫލަށް އެއްވެސް އިސްލާޙެއް ގެންނަން ޖެހިއްޖެ ހިނދެއްގައި ގެނެވޭ އިސްލާޙެއް މިއުޞޫލާއި އެއްފަތްކުރަންވާނެއެވެ. 

 

 

24.   މާނަކުރުން

 | މިއުޞޫލުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.
 |   | ހ.  | "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ. |  
 |   | ށ.  | (ށ) "ރަށް" ކަމަށް ބުނެފައި އެވަނީ، 18 ފެބްރުއަރީ 2025ގައި، މާޅޮސްމަޑުލު އުތުރުބުރީ "އުފުލަންދޫ" އަކީ އެ އަތޮޅުގެ މަޑުއްވަރީގެ ބައެއް ކަމުގައި ކަނޑައެޅުމުގެ ނަންބަރު: 2025/4 ޤަރާރުގެ ދަށުން ރ.މަޑުއްވަރީގެ އިޚުތިޞާޞްއަށް ލާފައިވާ އުފުލަންދޫއަށެވެ.   |  
 |   | ނ.  | (ނ) "އެއްބަސްވުން" ކަމަށް ބުނެފައިއެވަނީ، މި އުޞޫލުގެ 9 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމަށެވެ. |  
 |   |   |   | 

 

 

ޖަދުވަލު 1

 

ޖަދުވަލު 2

 

ޖަދުވަލު 3 

 

 

© 2026 މާޅޮސްޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް