ޙުސައިން ޝިހާމް

ކައުންސިލްގެ ރައީސް

ރ.މަޑުއްވަރީ ކައުންސިލްގެ ރައީސަކީ މަޑުއްވަރީ ނިޔާމަ ޙުސައިން ޝިހާމްއެވެ. ކައުންސިލްގެ ރައީސްގެ މަޤާމަށް އައުމާ ހަމަޔަށްވެސް ޙުސައިން ޝިހާމަކީ ސިޔާސީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރުދެކެވެ. އެމް.ޑީ.ޕީ އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ޕާޓީގައި ދެގޮތެއްނުވެ އެންމެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ހީވާގި ޝަޚްސެކެވެ. ރ.މަޑުއްވަރީ ކައުންސިލްގެ ފުރަތަމަ ދައުރުގައި ނައިބު ރައީސްގެ މަޤާމުގައި 3 އަހަރުގެ ދައުރެއް ފުރިހަމަކޮށް ރަށުގެ ތަރައްޤީއަށް ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. 

ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ!

© 2026 މާޅޮސްޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް