އުފުލަންދޫން ދަނޑުބިން ދޫކުރުން
ނަންބަރު
(IUL)308/2026/40
ޕަބްލިޝްކުރި ތާރީޚު
30 އޮގަސްޓު 2026
ސުންގަޑި
07 ސެޕްޓެންބަރު 2026
ތަފްސީލް
ޕްރޮޖެކްޓް ނަންބަރު PC/308/2026/09
އުފުލަންދޫގައި ދަނޑުވެރިކަން ކުރުމާއި ނަޢަމްސޫފި ހުއިހައްޕަން ބޭނުންވާ، ރ.މަޑުއްވަރީގެ ރައްޔިތުންނަށް ބިން ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރުއްވައި 2026 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ރ. އުފުލަންދޫން ކުލީބިމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް ކުރައްވާނީ info@raamaduvvari.gov.mv އަށެވެ.
މުޙިއްމު ނުކުތާތައް
ގެރިބަކަރި އަދި ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 3000 (ތިންހާސް) އަކަފޫޓެވެ.
ދަނޑުގޮވާންކުރުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 5000 (ފަސްހާސް) އަކަފޫޓެވެ.
ބިންތަކުގެ އަގަކީ އަކަފޫޓަކަށް 04/- (ހަތަރެއް) ލާރިއެވެ.
ކުއްޔަށް ދޫކުރާ ބިންތަކަށް، 6 (ހައެއް) މަސްދުވަހުގެ ގްރޭސްޕީރިއަޑް ލިބޭނެއެވެ.
ދަނޑުބިން ދޫކުރާނީ ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
އެއް ގޭބިސީއަކަށް 3 ދަނޑުބިމަށްވުރެ އިތުރަށް ދޫނުކުރާނެއެވެ.
ދަނޑުހެއްދުމަށް ދޫކުރާނީ ޖުމްލަ 50 (ފަންސާސް) ބިމެވެ.
ގެރިބަކަރި އާއި ނަޢަމްސޫފި ގެންގުޅުމަށް ދޫކުރާނީ ޖުމްލަ 12 (ބާރަ) ބިމެވެ.
ބިން ދޫކުރުމުގައި، މީގެކުރިން ދަނޑުބިމުގެ އެއްބަސްވުމެއް އޮވެ، ކުލި ދައްކަމުންގޮސްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި ބިންތަށް ހޯދުމަށް ފޯމު ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
މި އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފައުޅުކޮށް ބިމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ނިޞްބަތް ބިމުގެ ނިސްބަތަށްވުރެ އިތުރުނަމަ، ބިން ކުއްޔަށް ދޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުން ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
30 އޮގަސްޓް 2026
ޑައުންލޯޑް ކުރުމަށް
ޑައުންލޯޑް ކުރެވޭނެ ފައިލްތައް ނެތް