5 ވަނަ ދައުރު - 2026 - 10 ވަނަ ޢާންމު ޖަލްސާ

ޖަލްސާ ނަންބަރު 308/5/2026/10
އެޖެންޑާ ނަންބަރު 308/5/2026/10
ތާރީޚް 22 ޖުލައި 2026
ވަގުތު 10:30
ތަން ކައުންސިލް މީޓިންގް ރޫމް
ހާޒިރީ
ޙުސައިން ޝިހާމް ޙުސައިން ޝިހާމް
ޔަޒީދާ ޢަލީ ޔަޒީދާ ޢަލީ
މުޞްޠަފާ ޙުސައިން މުޞްޠަފާ ޙުސައިން
ސާޖިދާ މުޙައްމަދު ސާޖިދާ މުޙައްމަދު

އެޖެންޑާ

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. ޓޯކުރާވެހިކަލް ބެހެއްޓުމަށް ފުލުހުންގެ އިމާރާތާއި ޖެހިގެން އޮތް ހުސްބިން ވަގުތީ ގޮތުން ފުލުހުންނަށް ދޫކުރުމަށް މަޝްވަރާކޮށް ގޮތެއް  ނިންމުން.
  3. ފެނަކައިގެ ބައެއް ސާމާނު ގުދަން ކުރުމަށް އެ ބުރާންޗްގެ ހުޅަނގުން، ސަނީކޯނާގޭގެ ކުރިމަތިން އޮންނަ ހުސްބިން (K-1) ވަގުތީގޮތުން ފެނަކައަށް ދޫކުރުމާއި، ފެނަކައޮފީސް އެޅުމަށް ދޫކޮށްފައިވާ ބިމަށް ނީލްގޭގެ ފުރަގަހުން އޮންނަ ހުސްބިންކޮޅު އިތުރުކޮށްދިނުމަށް އެދި އެފަރާތުން ފޮނުވާފައިވާ ނަމްބަރ FNK/308/2026/3 ސިޓީއަށް މަޝްވަރާކޮށް ގޮތެއް ނިންމުން.
  4. ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ހުސްބިންތަކުގައި ބޭނުންކުރަމުންދާ ފަރާތްތަކަށް ޢަމަލު ކުރާނެ އުޞޫލަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  5. ވަގުތީ އެސްޖީއެއް ޢައްޔަނު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
  6. އުފުލަންދޫ ބެލެހެއްޓުމުގެ އުޞޫލު ފާސްކުރުން.
  7. އެއްގަމުގެއިން މޫސާ މައުރޫފްގެ ދައްތައަށް ލިބިފައިވާ ބައި ލާޖެއްސުމާއި އިން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމައި ދިނުމަށް އެދި ރ.މަޑުއްވަރީ ގްލޯރިއާ މޫސާ މަޢުރޫފް 2026 ޖޫން 30 ގައި ހުށައަޅާފައިވާ ސިޓީއަށް މަޝްވަރާކޮށް ގޮތެއް ނިންމުން.

ޙުލާސާ

އެޖެންޑާ ފާސްކުރުމާއި ފުލުހުންނަށް ވަގުތީ ބިމެއް ހަމަޖެއްސުމާއި ފެނަކައިން އެދިފައިވާ ގޮތަށް ވަގުތީ ބިމެއް ކަނޑައެޅުމާއި ފެނަކަ އޮފީސް އެޅުމަށް ދޫކޮށްފައިވާ ބިމަށް ބިން އިތުރުކުރުމާއި، ރަށުގެ އެކި ސަރަޙައްދުތަކުގައިހުރި ހުސްބިންތައް ބޭނުންކުރާ ފަރާތްތަކަށް ބިންހުސްކުރުމަށް އެންގުމާއި، ކައުންސިލްގެ ވަގުތީ އެސްޖީއެއް ކަނޑައެޅުމާއި އުފުލަންދޫ ބެލެއްޓުމުގެ އުސޫލު ފާސްކުރުމުގެ އިތުރުން މޫސާ މަޢުރޫފު ހުށަހަޅާފައިވާ ސިޓީގައިވާ ގޮތަށް ބިމުގެ އިންވަކިކޮށް ރަޖިސްޓަރީކޮށްދިނުމަށް ނިންމުނެވެ.

ނިންމުންތައް

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. ޓޯކުރާވެހިކަލް ބެހެއްޓުމަށް ފުލުހުންގެ އިމާރާތާއި ޖެހިގެން އޮތް ހުސްބިން ވަގުތީ ގޮތުން ފުލުހުންނަށް ދޫކުރުމަށް އެއްބަސްވުމެއްގެ ދަށުން މަޝްވަރާކުރުމަށްފަހު ބިން ދިނުމަށް ނިންމުން.
  3. ފެނަކައިގެ ބައެއް ސާމާނު ގުދަންކުރުމަށް އެ ބުރާންޗުގެ ހުޅަނގުން ސަނީކޯނަރ ގޭގެ ކުރިމަތިން އޮންނަ ހުސްބިން ( K-1)   ވަގުތީގޮތުން ގުދަނެއް އެޅުމަށް ދޫކުރުމަށާއި، ފެނަކަ އޮފީސް އެޅުމަށް ދޫކޮށްފައިވާ ބިމަށް ނީލްގޭގެ ފުރަގަހުން އޮންނަ ހުސްބިންކޮޅު އިތުރުކޮށްދިނުމަށް ނިންމުން.
  4. ރަށުގެ އެކި ސަރަހައްދުތަކުގައިވާ ދަރުފަދަ ތަކެތި ބެލެހެއްޓުމާއި މަސްކައްކާ ހިއްކާ، އަދި އެ ނޫންވެސް ގޮތްގޮތަށް ހުސްބިންތައް ބޭނުންކުރާ ފަރާތްތަކަށް 2026 އޯގަސްޓް 1 ން ފެށިގެން 2 މަސް ދުވަހުގެ މުޙުލަތެއްދީ އެ މުއްދަތުގެ ތެރޭގައި ބިން ސާފުކޮށް ރ.މަޑުއްވަރީ ކައުންސިލަށް ދެއްކުމާއި ބިންތައް ބޭނުންކުރާ ފަރާތްތަކަށް އެންގުމަށް ނިންމުން.
  5. ރަށު ކައުންސިލްގެ ދާއިމީ އެސްޖީ އެއް ލިބެންދެން ވަގުތީ އެސް.ޖީ އެއްގެ ގޮތުގައި އަބްދުލްމުހައިމިން މުޙައްމަދުފުޅު ކަނޑައެޅުމަށް ނިންމުން.
  6. އުފުލަންދޫ ބެލެހެއްޓުމުގެ އުޞޫލު ފާސްކުރުން.
  7. އެއްގަމުގެ އިން މޫސާ މަޢުރޫފްގެ ދައްތަ (އާމިނަތު އަޙްމަދު، ބަހާރީގުލްޝަން، ރ.މަޑުއްވަރި) އަށް ލިބިފައިވާ ބައި ލާޖެއްސުމާއި އިންވަކި ކުރުމަށް އެދި 2026 ޖޫން 30 ގައި ރ.މަޑުއްވަރީ ގުލޯރިޔާ، މޫސާ މަޢުރޫފް ހުށަހަޅާފައިވާ ސިޓީގައިވާ ގޮތަށް، އެ މައްސަލައަކީ ކޯޓުން ޝަރީޢަތްކޮށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާ ނަންބަރު 3/E12C/2001  ން ދެހަސްމުންގެ ދެމެދުގައި އެއްބަސްވެ ނިމިފައިވާ މައްސަލައަކަށްވާތީ، ރ.މަޑުއްވަރީ ގްލޯރިޔާ، މޫސާ މަޢުރޫފް އެދިފައިވާ ގޮތަށް އެބިމުގެ އިންވަކިކޮށް ރަޖިސްޓްރީ ކޮށްދިނުމަށް ނިންމުން. 

© 2026 މާޅޮސްޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް