5 ވަނަ ދައުރު - 2026 - 12 ވަނަ ޢާންމު ޖަލްސާ
ޙުސައިން ޝިހާމް
ޔަޒީދާ ޢަލީ
މުޙައްމަދު ނިޝާމް
މުޞްޠަފާ ޙުސައިން
ސާޖިދާ މުޙައްމަދު
އެޖެންޑާ
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- ޒުވާނުން ބާރުވެރިކުރުމާއި،ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ ގެ ނަމްބަރ:3/2006/308/141-PSIP ސިޓީގައިވާ އައުޓުޑޯ ޖިމް އަދި ހޭންޑްބޯލް ކޯޓް އެޅުމަށް ބިންކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
- ޙަސަން ޝަރީފް/ ނިޝާން،ރ.މަޑުއްވަރީއަށް ދޫކޮށްފައިވާ ކުލީބިމުގައި ފެނާއި ނަރުދަމާ އެޅުމުގެ ކަންކަން އިންތިޒާމްކޮށްދެއްވުމަށް އެދި 8 ޖޫން 2026ގައި މިކައުންސިލަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއަށް މަޝްވަރާކޮށް ގޮތެއް ނިންމުން
- މަސްކައްކާ ހިއްކުމަށް ދޫކުރާ ކުލީބިންތަކާއިގުޅޭ މައްސަލަ އަލުން ރިވިއުކުރުން.
ޙުލާސާ
ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޮނުވާފައިވާ ސިޓީއަށް ޖަވާބުދިނުމަށް ހޭންޑްބޯޅަ ކޯޓު އެޅުމަށް މިވަގުތު ބިމެއް ކަނޑައެޅެން ނެތްކަމަށް ނިންމުމާއި އައުޓްޑޯ ޖިމަށް ބިމެއް ކަނޑައެޅުމާއި ރ.މަޑުއްވަރީ ނިޝާން، ޙަސަން ޝަރީފް ހުށަހަޅާފައިވާ ސިޓީގައި އެދިފައިވާ ކަންކަން އިންތިޒާމުކޮށްދެވެން ނެތްކަމަށް ނިންމުމާއި މަސްކައްކާ ހިއްކުމަށް ކަނޑައެޅި ސަރަޙައްދުން ބިން އިތުރުކުރަން ނިންމައި، އަލަށް ދޫކުރާ ބިންތައް ކުއްޔަށް ދިނުމަށް މުއްދަތު ކަނޑައަޅައި މިޖަލްސާގައި ނިންމާފައިވެއެވެ.
ނިންމުންތައް
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- ޒުވާނުން ބާރުވެރިކުރުމާއި،ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ ގެ ނަމްބަރ:3/2006/308/141-PSIP ސިޓީގައިވާ ހޭންޑްބޯލް ކޯޓު އަދި އައުޓްޑޯޖިމް އެޅުމަށް ބިން ކަނޑައަޅައިދިނުމަށް އެދިފައިވީނަމަވެސް، ބިމުގެ ދަތިކަން ހުރުމުގެ ސަބަބުން ހޭންޑްބޯލް ކޯޓު އެޅުމަށް 93×146 ފޫޓުގެ ބިމެއް މިވަގުތު ކަނޑައެޅުން ނެތްކަމަށް ނިންމާ، އައުޓްޑޯ ޖިމަށް ބޭނުންވާ 2000 އަކަފޫޓު ސަމަރބްލޫމްގެ އުތުރުން ފެށިގެން މުސްތަރީ ގޯޅިއާ ހަމައަށް އެވާ ހުސްބިން ހަމަޖެއްސުމަށް ނިންމުން
- ރ.މަޑުއްވަރީ ނިޝާން، ޙަސަން ޝަރީފް 08 ޖޫން 2026 ގައި ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވާ ކަންކަން ކުލިބިމުގެ އެއްބަސްވުމުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކަން އިންތިޒާމުކޮށްދެވެން ނެތް ކަމަށް ނިންމުން
- މަސްކައްކާ ހިއްކުމަށް ކަނޑައެޅި ސަރަހައްދުން ބިން އިތުރުކުރުމަށް ނިންމާ، މަސްކައްކާ ހިއްކުމަށް އަލަށް ދޫކުރާ ކުލީ ބިންތައް 2 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާ ނިންމުން