5 ވަނަ ދައުރު - 2026 - 13 ވަނަ ޢާންމު ޖަލްސާ
ޙުސައިން ޝިހާމް
ޔަޒީދާ ޢަލީ
މުޙައްމަދު ނިޝާމް
ސާޖިދާ މުޙައްމަދު
އެޖެންޑާ
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- މަޑުއްވަރީ ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމައް މަޝްވަރާކޮށް ގޮތެއްނިންމުން.
- ދެކުނުބަނދަރާއި އުތުރުބަނދަރުން ކުލީބިން ދޫކުރުމަށް މަޝްވަރާކޮށް ގޮތެއްނިންމުން.
- މަސްރޭހުގެ ޤަވާޢިދު އިސްލާހްކޮށް ފާސްކުރުން.
- މަޑުއްވަރީ ގޭޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
- 13 އޮގަސްޓް 2026 ގައި ފަތްމިނި ކަމަނައިން ފޮނުވާފައިވާ ސިޓީއަށް މަޝްވަރާކުރުން.
ޙުލާސާ
ޖަލްސާގެ އެޖެންޑާ ފާސްްކުރުމާއި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ނިންމުމާއި ދެކުނު ބަނދަރު އިރުމަތިން ތެޔޮވިއްކުމަށް ބިން ދޫކުރުމަށް ބިޑު ވިއްކުމަށް ނިންމުމާއި އުތުރު ބަނދަރުގެ ހުޅަނގުން ހޮޓާ ރެސްޓޯރަންޓް ހިންގުމަށް ދޫކުރާ ބިމުގެ ބިޑު ވިއްކަން ނިންމުމާއި ޤައުމީ ދުވަހުގެ މަސްރޭހުގެ ޤަވާޢިދު އިސްލާޙުކުރުމާއި މަޑުއްވަރީ ގޭޓް ތަރައްޤީ ކުރުމަށް ނިންމުމާއި ފަތްމިނި ކަމަނައިން ފޮނުވާފައިވާ ސިޓީއަށް ޖަވާބު ދިނުމަށް ނިންމަައި އެފަރާތުން ނަގާފައިވާ ކުލީ ބިމުގައި އަމަލީ މަސައްކަތް ފަށާފައިނުވާތީ ބިން ބާތިލުކުރުމަށް މިޖަލްސާގައި ނިންމާފައިވެއެވެ.
ނިންމުންތައް
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ނިންމުން.
- މަޑުއްވަރީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ގްރާންޓުން ޚަރަދުކުރެވެން ނެތްނަމަ ކުންފުނި އުފައްދަން ބޭނުންވާ ފައިސާ ރަތްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ލޯކަލް އޮތޯރިޓީ ކޮމްޕެނީ އުފެއްދުމަށް ނިންމުން. އަދި ކޮމްޕެނީ އުފެއްދުމަށް 20،000 ރުފިޔާ ޚަރަދުކުރުމަށް ނިންމުން.
- ދެކުނު ބަނދަރުގެ އިރުމަތިން ހުރަސް ޖެޓީން ކުލީބިމުގެ ގޮތުގައި ތެޔޮވިއްކުމަށް 2000 އަކަފޫޓުގެ 1 ބިން 30 އަހަރުގެ މުއްދަތަކަށް ބިޑު ވިއްކާ އުސޫލުން 25،000 ރުފިޔާއަށް ވިއްކުމަށް ކަނޑައެޅުމަށާއި އުތުރު ބަނދަރުގެ ހުޅަނގުކޮޅު ހުރަސްޖެޓީން ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ކުލީބިމުގެ ގޮތުގައި 1 ބިން 30 އަހަރުގެ މުއްދަތަކަށް ބިޑު ވިއްކާ އުސޫލުން 15،000 ރުފިޔާއަށް ދޫކުރުމަށް އަދި މިބިންތައް ދޫކުރެވޭނީ ހަމައެކަނި މަޑުއްވަރީއަށް ނިސްބަތްވާ ވިޔަފާރިތަކަށްކަމަށް ނިންމުން.
- މަސްރޭހުގެ ޤަވާޢިދު އިސްލާހްކޮށް ފާސްކުރުމަށް ނިންމުން.
- މަޑުއްވަރީ ތަރުތީބުކޮށް ޒީނަތްތެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މަޑުއްވަރީ ގޭޓު ހެދުމުގެ މަސައްކަތަށް ބަޖެޓް ކޯޑްގައިވާ ބަނދަރުމަގު ޒީނަތްތެރިކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން މިއަހަރު އެމަސައްކަތް ފެށުމަށް ނިންމުން.
- 13 އޮގަސްޓް 2026 ގައި ފަތްމިނި ކަމަނައިން ފޮނުވާފައިވާ ސިޓީގައިވާ ކަންކަން ހައްލުކުރުމަށް މީގެކުރިންވެސް މުއްދަތު ދެވިފައިވާއިރު އެއްވެސް ވަރަކަށް އަމަލީގޮތުން މަސައްކަތްކުރެވިފައި ނުވާތީ އެސިޓީގައިވާ ކުޑަކުދިންގެ ޕާރކު މަރާމާތުކުރުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށާއި ކުލީބިން ނަގާފައިވާއިރު ކުލީބިމުގެ އެއްބަސްވުމުގައިވާ ގޮތަށް، ބިން ދޫކޮށްފައިވާ މުއްދަތަށް ބަލާއިރު މިހާތަނަށް އެއްވެސް މަސައްކަތެއް އަމަލީގޮތުން ކުރެވިފައި ނުވާތީ ކުލީބިމުގެ ގޮތުގައި އެފަރާތުން ނަގާފައިވާ ބިން ބާޠިލް ކުރުމަށް ނިންމުން.