5 ވަނަ ދައުރު - 2026 - 14 ވަނަ ޢާއްމު ޖަލްސާ
އެޖެންޑާ
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމަށް ވޭޖު މުވައްޒަފުން ނެގުމާއި ގުޅޭގޮތުން މަޝްވަރާ ކޮށް ގޮތެއް ނިންމުން.
- ޤައުމީ ޤުރުއާން މުބާރާތަށް މާލެ ދާ ދަރިވަރުނަނަށް އެލަވަންސް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
- ދެކުނު ބަނދަރު ހުޅަނގުން ގުދަންކުރުމަށް ކުލީބިން ދޫކުރުމަށް މަޝްވަރާކޮށް ގޮތެއްނިންމުން.
- އުފުލަންދޫއަށް ފައިބަރު ހަރުގެތައް ބަދަލުކުރުމާމެދު މަޝްވަރާކޮށް ގޮތެއްނިންމުން.
- އެމް.އީ.ސީ ޕްރީސްކޫލްގެ MEC/308/2026/02 ނަމްބަރ ސިޓީއަށް މަޝްވަރާކޮށް ގޮތެއްނިންމުން.
ޙުލާސާ
ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި ރަށުގެ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް 10 މުވައްޒަފުން ވޭޖު އުސޫލުން ނެގުމަށް ނިންމުމާއި ޤައުމީ ޤުރްއާން މުބާރާތަށް މާލެ ދާ ދަރިވަރުންނަށް އެލަވަންސް ދިނުމަށް ނިންމުމާއި ދެކުނު ބަނދަރު ހުޅަނގުން ގުދަންކުރުމަށް ކުލީބިން ދޫކުރުމަށް ނިންމުމާއި އުފުލަންދޫއަށް ފައިބަރު ހަރުގެތައް ބަދަލުކުރުމަށް ގޮތެއް ނިންމުމަށް އެހެން ޖަލްސާއަކަށް ފަސްކުރަން ނިންމުމާއި އެމްއީސީ ޕްރީސްކޫލުން ހުށަހަޅާފައިވާ ސިޓީއަށް އެފަރާތުން އެދިލައްވާފައިވާ ގޮތަށް ޕްރީސްކޫލް މުވައްޒަފަކަށް މުސާރަ ދިނުމަށް މިޖަލްސާގައި ނިންމާފައިވެއެވެ.
ނިންމުންތައް
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ނިންމުން.
- ރަށުގެ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމަށް 1 އަހަރުގެ މުއްދަތައް 10 މުވައްޒަފުން ހިމެނޭހެން ވޭޖު ޕޫލެއް އުފައްދާ މަސައްކަތްކުރާ ގަޑިއިރަކަށް 79.50 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދިނުމަށް ނިންމުން.
- ޤައުމީ ޤުރުއާން މުބާރާތަށް މާލެ ދާ ދަރިވަރުންނަށް އެލަވަންސެއްގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 6000 ރުފިޔާ ދިނުމަށް ނިންމުން.
- ދެކުނު ބަނދަރު ހުޅަނގުން ގުދަންކުރުމަށް ކައުންސިލުންއެކުލަވާލާ ޚާއްޞަ އުސޫލެއްގެ ދަށުން ކުލީބިން ދޫކުރުމަށް ނިންމުން
- އުފުލަންދޫއަށް ފައިބަރު ހަރުގެތައް ބަދަލުކުރުމަށް ގޮތެއް ނިންމުން ކައުންސިލްގެ ކުރިއަށް އެހެން ޖަލްސާއަކަށް ފަސް ކުރުމަށް ނިންމުން
- އެމް.އީ.ސީ ޕްރީސްކޫލްގެ MEC/308/2026/02 ނަމްބަރ ސިޓީގައި، ޕްރިސްކޫލް މުވައްޒަފަކަށް ދެމުންދާ މުސާރައާއި އިނާޔައް އެދިފައިވާ ގޮތަށް 1 ސެޕްޓެމްބަރ 2026ން ފެށިގެން އާކޮށްދިނުމަށް ނިންމުން