5 ވަނަ ދައުރު - 2026 - 15 ވަނަ ޢާއްމު ޖަލްސާ

ޖަލްސާ ނަންބަރު 308/5/2026/15
އެޖެންޑާ ނަންބަރު 308/5/2026/15
ތާރީޚް 03 ސެޕްޓެންބަރު 2026
ވަގުތު 10:30
ތަން ކައުންސިލް މީޓިންގް ރޫމް
ހާޒިރީ
ޙުސައިން ޝިހާމް ޙުސައިން ޝިހާމް
މުޙައްމަދު ނިޝާމް މުޙައްމަދު ނިޝާމް
މުޞްޠަފާ ޙުސައިން މުޞްޠަފާ ޙުސައިން
ސާޖިދާ މުޙައްމަދު ސާޖިދާ މުޙައްމަދު

އެޖެންޑާ

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 15 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. ފެވްރާ މޯލްޑިވްސް އިން ތްރީ ވީ ތްރީ ސްޓްރީޓް 2 ވަނަ މުބާރާތް ބޭއްވުމަށް ފުޓްބޯޅަ ދަނޑު ހޯދުމަށް އަދި މާލީ އެހީތެރިކަމަށް އެދި  2026 އޮގަސްޓް 23 ގައި  ހުށައަޅުއްވާފައިވާ  ސިޓީއަށް މަޝްވަރާކޮށް ގޮތެއްނިންމުން.
  3. މަޑުއްވަރީ ސްކޫލުގެ ކިޔެވުމާގުޅުންހުރި އާލާތް ( ޓީ،ވީ) ހޯދުމުގައި ކައުންސިލުން ދެވިދާނެ އެހީތެރިކަމާކަމާގުޅޭގޮތުން މަޝްވަރަކުރުން
  4. ރ.މަޑުއްވަރީ،ވިލުދޮޅި، ޙަސަން ޖަވާދު ގެރިބަކަރި، ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ވެވުނު އެއްބަސްވުން ބާޠިލްކޮށް ފޮނުވާފައިވާ ލިޔުމުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދު މުރާޖަޢާކޮށްދެއްވާ ދައްކަންޖެހޭ ކުލި އަދި ޖޫރިމަނާގެ ފައިސާގެ މިންވަރާމެދު އިންސާފުވެރި ގޮތެއް ނިންމަވައިދެއްވުން އެދި 2026 އޮގަސްޓް 23 ގައި  ހުށައަޅުއްވާފައިވާ ސިޓީއަށް މަޝްވަރާކޮށް ގޮތެއް ނިންމުން.
  5. އުފުލަންދޫއަށް ފައިބަރު ހަރުގެތައް ބަދަލުކުރުމާމެދު މަޝްވަރާކޮށް ގޮތެއްނިންމުން. 
  6. ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން ވަގުތީ ގޮތުން ސެކެރެޓަރީ ޖެނެރަލްގެ ގޮތުގައި މުވައްޒަފަކު ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުން.
  7. ދެކުނު ބަނދަރު ހުޅަނގު ޖެޓީން ފައްތިޔާ ވިއްކުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  8. އުފުލަންދޫން ގެނެވޭ ބައެއްތަކެތި ވިއްކާނެ އަގެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުން.

ޙުލާސާ

މިޖަލްސާގައި ކައުންސިލްގެ ނައިބު ރައީސް ފިޔަވާ ހުރިހާ މެންބަރުންބައިވެރިވެ ވަޑައިގެންނެވިއެވެ. ޖަލްސާގެ އެޖެންޑާ ފާސްކުރުމުގެ އިތުރުން އެޖެންޑާގެ ތަރުތީބު ނަންބަރު 4 ގައިވާ އައިޓަމް ފިޔަވާ ހުރިހާ އައިޓަމަކަށް ކައުންސިލުން ގޮތެއް ނިންމާފައިވެއެވެ. މުހިންމު ނިންމުމެއް ގޮތުގައި ކައުންސިލްގެ ވަގުތީ އެސްޖީގެ މަސްއޫލިއްޔަތު ޙަވާލުކުރުމަށް ކައުންސިލް އޮފިސަރ ޝަރަފިއްޔާ ވަޙީދު ކަނޑައަޅާފައިވެއެވެ.

ނިންމުންތައް

  • 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 15 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ނިންމުން. 
  • ފެވްރާ މޯލްޑިވްސް އިން ތްރީ ވީ ތްރީ ސްޓްރީޓް 2 ވަނަ މުބާރާތް ބޭއްވުމަށް ފުޓްބޯޅަ ދަނޑު ދޫކުރުމަށް ނިންމުމާއި އަދި ރަޖިސްޓްރީ ކޮށްފައިވާ ކުލަބަކަށް ނުވާތީ މާލީ އެހީތެރިކަމެއް ދެވެން ނެތްކަމަށް ނިންމުން
  • މަޑުއްވަރީ ސްކޫލުން ފޮނުވި ސިޓީއާ ގުޅިގެން 3 ޓީވީ ދިނުމަށް ނިންމުން
  • ރ.މަޑުއްވަރީ،ވިލުދޮޅި، ޙަސަން ޖަވާދު ފޮނުވާފައިވާ ސިޓީއަށް ގޮތެއް ނިންމުން ކައުންސިލްގެ ކުރިއަށް އެހެން ޖަލްސާއަކަށް ފަސް ކުރުމަށް ނިންމުން
  • އުފުލަންދޫއަށް ފައިބަރު ހަރުގެތަކަށް ބިން ކަނޑައަޅާއިރު ޕީރިއަޑެއްގެ ގޮތުގައި 3 މަސް ދުވަސް ދިނުމާއި އެކު އަކަފޫޓަކަށް 60ލާރީގެ މަގުން 5000 އަކަފޫޓު ދޫކުރުމަށް ނިންމުން   
  • ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން ވަގުތީ ގޮތުން ސެކެރެޓަރީ ޖެނެރަލްގެ ގޮތުގައި ކައުންސިލް އޮފިސަރ ޝަރަފިއްޔާ ވަހީދު ކަމުގައި ނިންމުން
  • ދެކުނު ބަނދަރު ހުޅަނގު ޖެޓީން ކައުންސިލުން ޙާއްސަ ކޮށްފައިވާ ސަރަހައްދުން ބޮޑެތި ލޯންޗް ފަހަރު އެޅުމަށް ފައްތިޔާއެއް 1500ރ އަށް ވިއްކުމަށް ނިންމުން ( މަޑުއްވަރީ ރައްޔިތުންނަށް އިސްކަން ދެވޭނެ )
  • އުފުލަންދޫން ގެންނަ ބައެއް ތަކެތި ވިއްކާނެ އަގުތައް ކަނޑައަޅާ، ކަށިކެޔޮ ގަނޑު 100ރ، މިދިލި އޮށް (1 ބަސްތާ ) 300ރ އަދި ކާށި 3 ރުފިޔާއަށް ވިއްކުމަށް ނިންމުން

© 2026 މާޅޮސްޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް