ރަށްވެހި ޕާކު މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/07 އަމިއްލަތަކެތީގައި ރަށްވެހި ޕާކު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކެންޓީނުގެ ފުރާޅުގައި ފަން ޖެހުން ކެންޓީނު ފުރާޅުގައި މިހާރު ޖަހަފައިވާ ( ސިންތެޓިކް ރޫފް ހެޗް ) ފަނުގެ މަތިން ފަންޖެހުން. ( ސިންތެޓިކް ރޫފް ހެޗް ) ފަން ފުރާޅުގައި ޖަހަންވާނީ ކައުންސިލުން ބަލައި ޗެކުކުރުމަށްފަހު ކައުންސިލްގެ ހުއްދަލިބިގެންނެވެ. އުނދޯލިގެ ފުރާޅުގައި ފަން ޖެހުން އުނދޯލިގެ ފުރާޅުގައި މިހާރު ޖަހަފައިވާ ފަންތައް ނަގައި، ފަތި އަޅައި، ( ސިންތެޓިކް ރޫފް ހެޗް ) ފަންޖެހުން. … Read more

އުފުލަންދޫ ރުއްގަނޑު ވަރުވާއަށް ދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/05 އުފުލަންދޫ ރުއްގަނޑު ވަރުވާ އުސޫލުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، ރުއްގަނޑު ވަރުވާއަށް ނެގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ޢާއްމު މަޢުލޫމާތު ވަރުވާއަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑައަގަކީ މަހަކަށް 2000.00 (ދެހާސް) ރުފިޔާއެވެ. ވަރުވާ ދައްކާނީ އެޑްވާންސްކޮށް ހަމަހުން ހަމަހުންނެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ފުރަތަމަ 6 (ހައެއް) މަހުގެ ވަރުވާ … Read more

މިސްކިތްތައް މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/03 މިކައުންސިލްގެ ނަންބަރު (IUL)308/2025/13 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެމަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އަލުން އިޢުލާންކުރަމެވެ. މަސްޖިދުލް ޢުލާ އާއި މަސްޖިދުލް އަމާނާގައި ހުރި މަރާމާތު މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސައްކަތްތައް ހިމެނޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެޓޭޗުކޮށްފައިވާނެއެވެ. ރަޖިސްޓްރީކުރުން 2025 އޭޕްރިލް 22 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. މިސްކިތްތައް … Read more

ކައުންސިލްގެ އައު އޮފީސް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/04 ސަރުކާރުން މިރަށުގައި ޤާއިމްކޮށްދެއްވުމަށް ނިންމަވާފައިވާ ކައުންސިލް އައު އޮފީސް، ޢިމާރާތްކޮށްދޭނެ ސަބްކޮންޓްރެކްޓަރެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއި ގުޅިގެން ހޯދާ ސަބް ކޮންޓްރެކްޓަރާއިއެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާނީ މި މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރު ހެކްސްޓަރ ގްލޯބަލް އެސް.ޑީ.އެން.ބީ.އެޗް.ޑީ އިންނެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއިއެކު އެއްކަރުދާސްކޮށްފައިވާ ބިލް އޮފް ކުއަންޓިޓީސް ފުރިހަމަކުރައްވާ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 25،000.00 (ފަންސަވީސްހާސް) ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. … Read more

ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކާއި ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލައިސަންސް ނަގަން އެންގުން

މަސްވެރިކަމާއިބެހޭ ވުޒާރާގެ ޤަވާޢިދު ނަންބަރު 2025/R-3 ހުއިފިލަނޑާގެ މަސްވެރިކަން ރާވާހިންގައި، ބެލެހެއްޓުމާއިބެހޭ ޤަވާޢިދާއި، ޤަވާޢިދު ނަންބަރު 2025/R-4 ފަރުމަސްވެރިކަން ރާވާހިންގައި، ބެލެހެއްޓުމާއިބެހޭ ޤަވާޢިދަށް 2025 ޖަނަވަރީ 13 ވަނަ ދުވަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިޤަވާޢިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން އަންނަނިވި ފަރާތްތަކުން އެކަމަށް ޚާއްޞަ ލައިސަންސް މަސްވެރިކަމާއިބެހޭ ވުޒާރާއިން ނަގަންޖެހޭކަމަށްވަނީ ކަނޑައަޅާފައެވެ. ވިޔަފާރި ބޭނުމަށް ހުއިފިލަނޑާގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛ ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހޭ ފަރާތްތަކާއި ތަންތަން؛ … Read more

އެގްޒަމިނަރުން ހޯދުން

މިކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ޢަމަލީ އިމްތިޙާނުދޭނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ. ބޭނުންވާ ޢަދަދު 02 ދޭއް، (1 އަންހެން، 1 ފިރިހެން) ޝަރުތު އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، “A0,A1,B1,B2,C1,C2,C3,C4” ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، “A0,A1,B1,C1,C3” ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، “A0,A1,B1” ކެޓަގަރީގައި … Read more

މިސްކިތްތައް މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/03 މަސްޖިދުލް ޢުލާ އާއި މަސްޖިދުލް އަމާނާގައި ހުރި މަރާމާތު މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސައްކަތްތައް ހިމެނޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެޓޭޗުކޮށްފައިވާނެއެވެ. ރަޖިސްޓްރީކުރުން 2025 އޭޕްރިލް 14 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. މިސްކިތްތައް މަރާމާތުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުން … Read more

ޑިންގީޖެޓީގެ ބުޑުތަށް ޗޭނުން ގުޅުވާލުން

ޕްރޮޖެކްޓް ނަންބަރު PC/308/2025/02 މިރަށު ދެކުނު ބަނދަރު ޑިންގީ ޖެޓީގައި ފައްތިޔާ ޖެހުމަށް ފައްތާފައިވާ ކޮންކްރިޓް ބުޑުތައް ދަގަނޑު ޗޭނުން ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   މަސައްކަތާއިގުޅޭ މަޢުލޫމާތު 12×25އެމްއެމްގެ 300 ފޫޓުގެ ދަގަނޑު ޗޭނާއި ދެ ސިކަލް ހޯދުން. ޑިންގީޖެޓީގެ ފައްތިޔާ ޖެހުމަށް މޫދަށް ފައްތާފައިވާ، އެންމެ އިރުމަތި ކޮންކްރިޓް ބުޑުން ފެށިގެން 11 (އެގާރަ) ބުޑު، އެއްބުޑު އަނެއްބުޑާއި ޗޭނުން ގުޅާލުން. ބުޑުތަކަށް ޗޭނުލެއްވުމާއި، ޗޭނުލައްވާ އެންމެ ހުޅަނގު ބުޑާއި … Read more

ބާބަކިއު ހަދާ ސަރަޙައްދާއިއެކު ތަރައްޤީކުރާ ބީޗް ހުސްކުރުމަށް އެންގުން

ރަށުގެ ހުޅަނގު އުތުރު ސަރަޙައްދުގައި ތަރައްޤީކުރާ ބާބަކިއު އޭރިއާ އާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް، 2025 ވަނަ އަހަރުވަނީ ތާވަލުކޮށްފައެވެ. ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި، މިހާރު އެސަރަޙައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް އަންގާ އިޢުލާންކުރަމެވެ. އަދި އޮޑިއެހެލާ ސަރަޙައްދުގައި ހުރި ގިނަދުވަސްވީ އޮޑިދޯނިފަހަރު ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އިލްތިމާސްކުރަމެވެ. ވީމާ، 2025 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިދެންނެވި ސަރަޙައްދުގައި އެއްވެސް މީހެއްގެ އެއްޗެއް، ނުނަގައި … Read more

ވަޒީފާގެ ފުރުސަތު (ވޭޖު އިމާމް، މުދިމް)

މަޤާމު: އިމާމު ، މުދިމު ބޭނުންވާ އަދަދު: 03 (ތިނެއް) މަޤާމުގެ ގިންތި: ވަގުތީ (ވޭޖް އެމްޕްލޯއިމެންޓް) މުއްދަތު 01 އަހަރު ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ.މަޑުއްވަރި  (ރ. މަޑުއްވަރީގެ މިސްކިތްތައް) މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1.         މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނުވަތަ ކައުންސިލް އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ބަލާ … Read more