އުފުލަންދޫ ރުއްގަނޑު ވަރުވާއަށް ދޫކުރުން

އިޢުލާން ނަންްބަރު
(IUL)308/2025/18
ތާރީޚް
ޕަބްލިޝްކުރި: 23/04/2025
ސުންގަޑި: 04/05/2025
ފައިލް
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2025/05

އުފުލަންދޫ ރުއްގަނޑު ވަރުވާ އުސޫލުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، ރުއްގަނޑު ވަރުވާއަށް ނެގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ޢާއްމު މަޢުލޫމާތު

  1. ވަރުވާއަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑައަގަކީ މަހަކަށް 2000.00 (ދެހާސް) ރުފިޔާއެވެ.
  2. ވަރުވާ ދައްކާނީ އެޑްވާންސްކޮށް ހަމަހުން ހަމަހުންނެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ފުރަތަމަ 6 (ހައެއް) މަހުގެ ވަރުވާ ދައްކަންވާނެއެވެ.
  3. ވަރުވާއަށް ދޫކުރާ ރުއްގަނޑުގައި ހިމެނޭނީ ރ. އުފުލަންދޫއިން ކުއްޔަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ނުހިމެނޭ ހުރިހާ ރުކެކެވެ.

ރުއްގަނޑުގައި ކުރެވިދާނެ މަސައްކަތްތައް

  1. ރާއެރުން.
  2. ގަބުޅި، ކުރުނބާ، ކާށި، ހިކިފަން ވިއްކުން.

ވަރުވާއަށް ނަގާފަރާތުން ކުރަންޖެހޭ ކަންތައްތައް

  1. ރުއްތައް ސާފުކޮށް ބެލެހެއްޓުން.
  2. އަހަރަކު މަދުވެގެން، 50 (ފަންސާސް) ރުއް އިންދުން.

ކޮށްގެން ނުވާނެ ކަންތައްތައް

  1. ރުއް ކެނޑުން.
  2. ފަޅާފައި ހުރި ކުދި ރުއްތައް ނެގުން/އުފުރުން.
  3. ރުއް ވިއްކުން.
  4. ރޯފަން ކެނޑުން.
  5. ރުއްގަނޑުގެ ވަރުވާ މުއްދަތު ހަމަވުމަށް 1 މަހަށް ވުމުން، ރުކުން އެއްވެސް އެއްޗެއް ނޭޅުން. އެހެންނަމަވެސް ރުއްދޮށުން ކާށި ހޮވިދާނެއެވެ.
  6. ރުއްގަހަށް ގެއްލުންދިނުން.

ރަޖިސްޓްރީކުރުން

2025 އޭޕްރިލް 30 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އުފުލަންދޫ ރުއްގަނޑު ވަރުވާއަށް ދޫކުރުމުގެ ބިޑުގައި ރަޖިސްޓްރީކުރާ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2025 އޭޕްރިލް 30 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  procurement@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2025 މެއި 04 ވާ އާދީއްތަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

– އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

– އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

– ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

“އުފުލަންދޫ ރުއްގަނޑު ވަރުވާއަށް ދޫކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

– އަމިއްލަ ފަރާތެއްނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ

– ވިޔަފާރިއެއްނަމަ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

– އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

– އަގު: ސަތޭކަ އިންސައްތަ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
  2. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  3. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  4. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.