ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

17 ޖުލައި 2023


ލިޔުނީ: އާމިނަތު ޝަފީޢާ

 

ރ. މަޑުއްވަރީގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރާއެކު 16 ޖުލައި 2023 ގައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ފަންޑްކުރާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ ހޮރައިޒަން މޯލްޑިވްސް އެލް.އެލް.ޕީ އާއެވެ. ޖުމްލަ 4،831،731.00 ޚަރަދުވާ މި މަސައްކަތް ނިންމުމަށް ދީފައިވަނީ 140 ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔޫތު މިނިސްޓްރީއިން ތަރައްޤީކުރަމުންގެންދާ ޒަމާނީ ފެންވަރުގެ މިސެންޓަރުތަކުގައި، ކުޅިވަރުކުޅުމުގެ އިތުރުން ޖަމްޢިއްޔާތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި، ޒުވާނުންނަށް އެކި ގޮތްގޮތުން ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓަރު އަޙްމަދު މަޙްލޫފް ވަނީ ވިދާޅުވެފަ އެވެ.