މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

9 ޖުލައި 2023


ރ.މަޑުއްވަރީ މަސްޖިދުލް ޢުލާ އާއި މަސްޖިދުލް އަމާނާގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް ކުރުމަށް މިކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ބިޑު ކާމިޔާބުކުރި ފަރާތާއި މަސައްކަތް ޙަވާލުކޮށްފިއެވެ.

މިމަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ރ.މަޑުއްވަރީއަށް ނިސްބަތްވާ ތިޖާރާ ސޮލިއުޝަންސް އެލް.އެލް.ޕީ އާއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި މިކައުންސިލުން ފަންޑުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތުގެ އަގު 136,430.00 ދިވެހި ރުފިޔާއަށް އަރާއިރު މަސައްކަތް ނިންމުމަށް ދީފައިވަނީ ޖުމްލަ 30 ދުވަހުގެ މުއްދަތެވެ.