13 ސެޕްޓެމްބަރ 2023
ރ.މަޑުއްވަރީގައި ތަރައްޤީކުރުމަށް ފަށާފައިވާ މަސްވެރިންގެހިޔާގައި ނުނިމިހުރި ބައެއް މަސައްކަތްތައް ކުރުމަށް އެސް.އައި ބިލްޑަރސް އާއި ޙަވާލުކޮށްފިއެވެ.
ކައުންސިލުން މިމަސައްކަތް ކުރުމަށް އެފަރާތާއި ޙަވާލުކޮށްފައިވަނީ ސެޕްޓެންބަރު 13 ވީ ބުދަ ދުވަހުއެވެ. މިމަސައްކަތް ނިންމުމަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަސައްކަތުގެ އަގަކީ 49,990.00 (ސާޅީސްނުވަހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ) ދިވެހި ރުފިޔާއެވެ.
މިމަސައްކަތް ނިމިގެންދާއިރު މަސްވެރިންގެ ހިޔާއިން ފާޚާނާއެއްގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން ފުރާޅުން ފެން ނެގުމަށް ދިޔަދޮވި ހަރުކުރެވިގެންދާނެއެވެ.
ފަހުގެ ޚަބަރުތަށް
ރ.މަޑުއްވަރީގެ މަގުތައް ހެދުމަށް އާރު.ޑީ.ސީ އާއި ޙަވާލުކޮށްފި
ރ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ނެގުމަށް އޮޑިޝަން ބާއްވައިފި
ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަޟްޙާ ޢީދު 1444 ގެ ކުޅިވަރުތައް
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި