ރ.މަޑުއްވަރީގެ މަގުތައް ހެދުމަށް އާރު.ޑީ.ސީ އާއި ޙަވާލުކޮށްފި

17 އޮގަސްޓް 2023


ރ.މަޑުއްވަރީގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ޙަވާލުކޮށްފިއެވެ.

އާރު.ޑީ.ސީ ފޭސްބުކް ޕޭޖުން ނަގާފައި

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މިމަސައްކަތް ކުރުމަށް އާރު.ޑީ.ސީ އާއި ޙަވާލުކޮށްފައިވަނީ މިމަހުގެ 15 ވީ އަންގާރަ ދުވަހުއެވެ. މިމަޝްރޫޢުގެ އަގު 82.8 މިލިއަން ރުފިޔާއަށް އަރާއިރު މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެވެ.

މިމަސައްކަތް ނިމިގެންދާއިރު ރ.މަޑުއްވަރީގައި 3.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއެކު މަގުތަކުން ފެން ހިންދާނޭ ނިޒާމާއި މަގުތައް ދިއްލުމަށް ބައްތި ހަރުކުރެވި މަގުތައް ތަރައްޤީވެގެންދާނެއެވެ.