ވިޔަފާރި ރަޖިސްޓްރީކުރުމަށް އެންގުން

މަސްކައްކާ ހިއްކުމާއި ވަޑާންގެ ހިންގުމާއި ގުދަންކުރުމާއި ދަނޑުވެރިކަން ކުރުމާއި އިމްޕޯޓް މުދާވިއްކުމާއި ސިމެންތި ގައު އެޅުމުގެ މަސައްކަތަށް ދިގުމުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ. ދިގު މުއްދަތަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކަކީ މިހާރު ވަގުތީ ކުލީ ބިންތަކުގެ ގޮތޮގައި ކުއްޔަށް ދޫކޮށްފައިވާ އަދި ދޫކުރަމުންދާ ބިންތަކެވެ. އެގޮތުން މަސްކައްކާ ހިއްކުމަށް ދޫކުރާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި އެނޫން މަސައްކަތްތަކަށް 3 (ތިނެއް) އަހަރު ދުވަހާއި 10 … Read more

ކައުންސިލްގެ 09 ވަނަ ޤުރްއާން މުބާރާތާއިގުޅޭ

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި، ކައުންސިލްގެ 09 ވަނަ ޤުރްއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވެވޭ ކީސްޓޭޖްތަކާއި ޢުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ. ޤުރްއާން މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 2023 މާރިޗް 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ … Read more

އޭސީ ސަރވިސްކުރުން

މަސްޖިދުލް ޢުލާގެ 24ބީޓީޔޫގެ 10 (ދިހައެއް) އެއާކޯން މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ރަޖިސްޓްރީކުރުން 2023 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. https://docs.google.com/forms/d/1aUvDzHXJReM8IhVpBeI0zU-KANTk20AQ0yE06w5-wQc/edit ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން … Read more

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ގުޅޭ

ތިރީގައި މިދަންނަވާ ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ރަޖިސްޓްރީ ހެއްދުމަށް މިކައުންސިލަށްވަނީ ހުށަހަޅާފައެވެ. ނަންބަރު ގޭގެ ނަން އަތޮޅާއި ރަށް ރަޖިސްޓްރީ ނަންބަރު 1 ރޯޝަނީގެ ރ. މަޑުއްވަރި R-2/2008/04 2 ބަގީޗާގެ ރ. މަޑުއްވަރި E12/R-2/2012/05 ވީމާ، މިދެންނެވި ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.