admin
ރައްޔިތުންގެ ބައްދަލުވުމާއިގުޅޭ
ކައުންސިލްގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި ކުރެވުނު މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ބައްދަލުވުން 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. ވީމާ، މިބައްދަލުވުމުގައި އެންމެހާ ރައްޔިތުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
ކައުންސިލް ޤުރްއާން މުބާރާތާއިގުޅޭ
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ މެދު ދިހައެއްގައި، ކައުންސިލްގެ 10 ވަނަ ޤުރްއާން މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވެވޭ ކީސްޓޭޖްތަކާއި ޢުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ. ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 2024 ފެބުރުވަރީ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ … Read more
ރ.މަޑުއްވަރީ މަސްވެރިންގެ ހިޔާ ތަރައްޤީކުރުމަށް އެސް.އައި ބިލްޑަރސް އާއި ޙަވާލުކޮށްފި
ރ.މަޑުއްވަރީގައި ތަރައްޤީކުރުމަށް ފަށާފައިވާ މަސްވެރިންގެހިޔާގައި ނުނިމިހުރި ބައެއް މަސައްކަތްތައް ކުރުމަށް އެސް.އައި ބިލްޑަރސް އާއި ޙަވާލުކޮށްފިއެވެ. ކައުންސިލުން މިމަސައްކަތް ކުރުމަށް އެފަރާތާއި ޙަވާލުކޮށްފައިވަނީ ސެޕްޓެންބަރު 13 ވީ ބުދަ ދުވަހުއެވެ. މިމަސައްކަތް ނިންމުމަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަސައްކަތުގެ އަގަކީ 49,990.00 (ސާޅީސްނުވަހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ) ދިވެހި ރުފިޔާއެވެ. މިމަސައްކަތް ނިމިގެންދާއިރު މަސްވެރިންގެ ހިޔާއިން ފާޚާނާއެއްގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން ފުރާޅުން ފެން ނެގުމަށް ދިޔަދޮވި ހަރުކުރެވިގެންދާނެއެވެ.
ރ.މަޑުއްވަރީގެ މަގުތައް ހެދުމަށް އާރު.ޑީ.ސީ އާއި ޙަވާލުކޮށްފި
ރ.މަޑުއްވަރީގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މިމަސައްކަތް ކުރުމަށް އާރު.ޑީ.ސީ އާއި ޙަވާލުކޮށްފައިވަނީ މިމަހުގެ 15 ވީ އަންގާރަ ދުވަހުއެވެ. މިމަޝްރޫޢުގެ އަގު 82.8 މިލިއަން ރުފިޔާއަށް އަރާއިރު މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެވެ. މިމަސައްކަތް ނިމިގެންދާއިރު ރ.މަޑުއްވަރީގައި 3.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއެކު މަގުތަކުން ފެން ހިންދާނޭ ނިޒާމާއި މަގުތައް ދިއްލުމަށް ބައްތި … Read more
ރ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ނެގުމަށް އޮޑިޝަން ބާއްވައިފި
ރ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ރ.މަޑުއްވަރީގެ އޮޑިޝަން ބާއްވައިފިއެވެ. އިއްޔެ ހަވީރުން ފެށިގެން އިރުވެލި މާލަމުގައި ކުރިއަށް ދިޔަ މި އޮޑިޝަންގައި ޖުމްލަ 49 ދަރިވަރުން ބައިވެރިވެ ކިޔެވުން ހުށަހަޅައިދީފައިވާއިރު މީގެތެރެއިން އަތޮޅު މުބާރާތުގައި ވާދަކުރުމަށް ސްކޫލު ދަރިވަރުންގެ ތެރެއިން ހޮވޭނީ ކޮންމެ ކީސްޓޭޖަކުން 4 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 2 ބައިވެރިންނެވެ. މީގެ … Read more
ކައުންސިލް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން
މަޤާމު: ކައުންސިލް އޮފިސަރ މަޤާމުގެ ނަންބަރު: J-375407 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: އެމް. އެސް. 1 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ.މަޑުއްވަރި ސެކްޝަން/ޔުނިޓް: ސޯޝަލް ޑިވެލޮޕްމަންޓް އެންޑް ކޮމިޔުނިޓީ ސަރވިސް ޔުނިޓް މުސާރަ: -/5،610 ރުފިޔާ ސަރވިސް އެލަވަންސް: -/2,000 ރުފިޔާ އެހެނިހެން އެލަވަންސް: 1. ސަޕޯޓިންގ ކޯ އެލަވަންސް 2 … Read more
ސްޕޯޓްސް ކައުންސެލަރގެ މަޤާމަށް މީހަކު ހޯދުން
މަޤާމު: ސްޕޯޓްސް ކައުންސެލަރ މަޤާމުގެ ނަންބަރު: J-375408 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: ޖީ. އެސް. 3 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ މުސާރަ: -/4,465 ރުފިޔާ ސަރވިސް އެލަވަންސް: -/1,500 ރުފިޔާ އެހެނިހެން އެލަވަންސް: 1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ 2. ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވާފައިވާ އުސޫލުން … Read more