މަޑުއްވަރީ ސްކޫލްގެ 2021-2022 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

6 މެއި 2023


ރ މަޑުއްވަރީ ސްކޫލްގެ 2021-2022 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޢާއިޝަތު ޒާޝާ ޝުކުރީ ހޮވިއްޖެއެވެ.

ރޭ މަޑުއްވަރީ ސްކޫލްގެ ހޯލުގައި ބޭއްވުނު 2021-2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 2021-2022 ވަނަ އަހަރު އެކި އެކި ވަނަތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

އެގޮތުން 2021-2022 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޢާއިޝަތު ޒާޝާ ޝުކުރީ ވަނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން މުޅި ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދައިފައެވެ. އެދަރިވަރު ވަނީ އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބު އަދި ފިޒިކްސް އިން ޑިސްޓިންްކްޝަން ހޯދަާފައެވެ.

ރޭގެ ޖަލްސާގައި 2022 ވަނަ އަހަރު ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 10 ދަރިވަރުން އިޢްލާނުކޮށް އެދަރިވަރުންނަށް ވެސް ވަނީ އިނާމު ދިފައެވެ.

މަޑުއްވަރީ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒާޝާ ވަނީ 2021-2022 ވަނަ އަހަރު މަޑުއްވަރީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ގާރލް ގައިޑަކަށްވެސްހޮވިފައެވެ.

2021-2022 ވަނަ އަހަރު މަޑުއްވަރީ ސްކޫލްގެ ހުރިހާ ގޮތަކުން އެންމް މޮޅު ސްކައުޓަކީ އަހްމަދު ރައުޝީން ރަމީޒެވެ.

ރޭ ބޭއްވުނު މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ކިނޮޅަހު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ވަސީމެވެ.