ރ.މަޑުއްވަރީގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުން

15 މެއި 2023


ރ.މަޑުއްވަރީ ސްކޫލުން އިސްނަގައިގެން މަޑުއްވަރީގެ މުއައްސަސާތަކާ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޑުއްވަރީ ފުޓްސަލްދަނޑު ޞަރަޙައްދުގެ ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ރަށުގައި ޤާއިމްވެފައިވާ މުއައްސަސާތަކުންވަނީ ސްޓޯލްތައް ހަދާ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްކޮށްފައެވެ. މީގެ އިތުރުން ހެރިޓޭންސް މީދުއްޕަރު އައިލެންޑް ރިޒޯޓުގެ މެޖީޝިއަންގެ ހުނަރު ދައްކާލުމަށް އެރިޒޯޓުންވެސް މިއިވެންޓްގައި ބައިވެރިވިއެވެ.

ގިނަޢަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވި މި ޙަރަކާތުން ފެނިގެން ދިޔައީ މަޑުއްވަރީގައި ޤާއިމްވެފައިވާ މުއައްސަސާތަކާއި އެމުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމާއި އެކުވެރިކަމެވެ.