ނިއު ވާލު އެކަޑަމީ ފެށުން

11 ޖޫން 2023


ރ.މަޑުއްވަރީ ކައުންސިލާއި ނިއުރެޑިއަންޓް ސްޕޯރޓްސް ކުލަބް އަދި މަޑުއްވަރީއަށް ނިސްބަތްވާ ވާލު ސްޕޯރޓްސް ކުލަބް ގުޅިގެން މަޑުއްވަރީގައި “ނިއު ވާލު އެކަޑަމީ” ގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފިއެވެ.

މިއެކަޑަމީގެ ބޭނުމަކީ މަޑުއްވަރީގައި ފުޓްބޯޅަ ކުރިއަރުވައި ފުޓްބޯޅައަށް ލޯބިކުރާ ހުނަވެރި ކުޅުންތެރިން އުފެއްދުމެވެ. މިއެކަޑަމީގައި ޖުމްލަ 92  ކުދިން ބައިވެރިވެފައިވާއިރު ޢުމުރުފުރާތައް ބަހާލެވިފައިވަނީ 4 ބަޔަކަށެވެ. އެއީ 6 އަހަރުންދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް އަދި 16 އަހަރުންދަށުގެ ޢުމުރުފުރާއެވެ.

އެކަޑަމީ ފެށުމުގެ ގޮތުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބުގެ ވައިސް ޗެއަރމަން މުޙައްމަދު ޔޫސުފް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ވާލު ސްޕޯރޓްސް ކުލަބުގް ރައީސް އަޙްމަދު އިރުޝާދުވެސް ބައިވެރިންނާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވާފައިވެއެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަން ސައިފް އާއި ރޮބޯމޭންގެ ހުނަރުތައް ދައްކާލުންވެސް ކުރިއަށްދިޔައެވެ.