ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން ނަންްބަރު
(IUL)308/2023/47
ތާރީޚް
ޕަބްލިޝްކުރި: 25/09/2023
ސުންގަޑި: 10/10/2023
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2023/08

 

މިދަންނަވާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. މި ބިންތައް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ވިޔަފާރިތަކުން ތިރީގައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

# ބިން އޮތް ސަރަޙައްދު ބިމުގެ ނަން އަވަށް ކޮށީ ނަންބަރު ތަރުތީބު ނަންބަރު އަކަފޫޓް
1 ‘ރީމް’ ގޯތީގެ ހުޅަނގުން އެއް އިންކޮށް 626  

ހުޅަނގު

ޖީ – 7 626 1200.00
2 ‘ޖީ-7’ ކޮށީގެ ހުޅަނގުން 611 ޖީ – 8 611 833.00
3 ‘ޖީ-7’ ކޮށީގެ ހުޅަނގުން 610 ޖީ – 8 610 909.00
4 ‘ސަމިޓް’ ގޯތީގެ ހުޅަނގުން އެއް އިންކޮށް 677 އީ – 5 677 1711.78
5 ‘ހިޖުރަ’ ގޯތީގެ އުތުރުން އެއް އިންކޮށް 198  

އިރުމަތި

ސީ – 9 198 1200.00
6 ‘ސޯސަންމާ’ ގޯތީގެ ދެކުނުން އެއް އިންކޮށް 674 ސީ – 9 674 1250.00
7 ‘ސްވީޓްޑްރީމް’ ގެ ދެކުނުން އެއް އިންކޮށް 203 ސީ – 8 203 1000.00

އިތުރު މަޢުލޫމާތު

 

  1. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  2. ބިޑް ހުށަހެޅޭ އެންމެ ކުޑަ އަކަފޫޓަކަށް އަގަކީ -/1 (އެކެއް) ރުފިޔާއެވެ.
  3. ކޮންމެ 5 (ފަހެއް) އަހަރަކުން އަކަފޫޓަކަށް ކުއްޔަށް ނަގާ މިންވަރު 50 (ފަންސާސް) ލާރި އިތުރުކުރެވޭނެއެވެ.
  4. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންވާނެއެވެ.
  5. މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
  6. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
  7. މިބިންތަކުގައި ކުރެވޭނީ ސިމެންތި ގައުއެޅުމާއި ތަކެތި ގުދަންކުރުމާއި އެހެނިހެން ވިޔަފާރި (ތެލާއި ގޭހާއި މަސްކައްކާ ހިއްކުން ފިޔަވައި) ކުރުމުގެ މަސައްކަތެވެ.
  8. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
  9. ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 6 (ހައެއް) މަސްދުވަސްތެރޭގައި ބިމުގައި ކުރަން ހުށަހަޅާ މަސައްކަތް ފަށަންވާނެއެވެ.
  10. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 8 (އަށެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
  11. މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
  12. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިއެކި ކަންކަމަށް ކުރި ޚަރަދުގެ ތަފްސީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

ރަޖިސްޓްރީކުރުން 2023 އޮކްޓޫބަރު 9 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ބިޑްގައި ރަޖިސްޓްރީވާން އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް ·         2023 އޮކްޓޫބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް.

·         އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

·         އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  • ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %80
  • މާލީ ޤާބިލުކަން %10
  • އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު %10
  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.