އ.ތ.މ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2024ގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރުން

އިޢުލާން ނަންްބަރު
(IUL)308/2024/51
ތާރީޚް
ޕަބްލިޝްކުރި: 28/11/2024
ސުންގަޑި: 04/11/2024
ޝެއަރ ކުރައްވާ
އިޢުލާން

ޕްރޮޖެކްޓް ނަންބަރު PC/308/2024/14

ރ. މަޑުއްވަރީ އަންހެނުންގެ ތަރަޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހޭންޑްބޯޅަ މުބާރާތް 2024ގެ ބައެއް މަސައްކަތްތައް އައުޓްސޯސްކުރުމަށް ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތު

  • މުބާރާތުގެ  މެޗުތައް ފޮޓޯނަގައި އތމ ކޮމިޓީގެ ފޭސްބުކް ޕޭޖުގައި އާންމުކުރުން.
  • މުބާރާތުގެ ސައުންޑް ސެޓަޕް ހެދުމާއި އަދި ކޮންޓްރޯލްކުރުން.
  • ދަނޑުގެ އެކި ސަރަޙައްދުގައި ހަރުކުރާ ބެނާތައް ޑިޒައިންކޮށް ޕްރިންޓުކުރުން.
  • މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތައް ގެނައުން އަދި ލޭބަލްކުރުން.
  • މުބާރާތުގެ ރެފްރީންގެ ކެއުމާއި ހުރުން ހަމަޖެއްސުން.
  • މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އަދި ނިންމުމުގެ ރަސްމިއްޔާތުގައި ލައިޓިންގ ސެޓަޕް އަދި ކޮންޓްރޯލްކުރުން.
  • މުބާރާތުގެ ސޯޝަލްމީޑިއާ ޕޯސްޓުތައް ތައްޔާރުކޮށް އތމ ކޮމިޓީގެ ފޭސްބުކް ޕޭޖުގައި އާންމުކުރުން.
  • މުބާރާތުގެ މެޗުތައް ވަގުތުން ދުރަށް ދެއްކުން.
  • ލެޑް ސްކޯބޯޑު ސެޓަޕް އަދި ކޮންޓްރޯލްކުރުން.
  • މުބާރާތުގެ މެޗުތަކުގައި ލެޑް ސްކޯބޯޑުން އަދި ލައިވްއިން ރިޕްލޭދެއްކުން.
  • ދަނޑު ކުރެހުން.
  • މުބާރާތުގެ އޮފިޝަލުންގެ ރޭގަނޑުގެ ކެއުން.
  • އޮފިޝަލުންގެ ޖާޒީ ފަރުމާކޮށް ޕްރިންޓުކުރުން.

މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ޖުމްލަ އަދަދު: 07

މުބާރާތުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ޖުމްލަ އަދަދު: 13

ރަޖިސްޓްރީކުރުން

2024 ޑިސެންބަރު 03 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އ.ތ.މ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2024ގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރުމަށް ކުރާ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޑިސެންބަރު 03 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: ahmed.farooq@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2024 ޑިސެންބަރު 4 ވާ ބުދަ ދުވަހުގެ 11:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

–          އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

–          އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

–          ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

” އ.ތ.މ ކޮމިޓީގެ ހޭންޑްބޯލް މުބާރާތް 2024ގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރުން

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

–                      މުއްދަތު ހަމަނުވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ

–                      އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

–          އަގު %90

–          ތަޖުރިބާ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގަށެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ވޭތުވެދިޔަ 1 އަހަރު ދުވަހުގެތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކަށެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ “ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް” ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.