އިރުވެލި މާލަން ހުޅުވުމާއި ކައުންސިލް ރީބްރޭންޑްކޮށް، ވެބްސައިޓް އިފްތިތާހްކުރުން

ރ. މަޑުއްވަރީ ކައުންސިލް ރީބްރޭންޑްކޮށް ކައުންސިލްގެ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ. އެގޮތުން އިރުވެލި މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔައީީ އިރުވެލި މާލަމެވެ. މިއީ ކައުންސިލްގެ މާލިއްޔަތުން ޚަރަދުކޮށްގެން ޖަލްސާތަކާއި އެކިއެކި ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމުގެ މަޤުޞަދުގައި ތަރައްޤީކުރެވުނު ޢިމާރާތެކެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި ކައުންސިލްގެ ރަސްމީ ވެބްސައިޓްވެސް ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ކައުންސިލްގެ ލޯގޯއާއި ކައުންސިލްގެ ރަމްޒުގެ އިތުރުން މުވައްޒަފުންގެ އައިޑެންޓިފިކޭޝަން ކާޑާއި، ބިޒްނަސް ކާޑުގެ އިތުރުން މުވައްޒަފުންގެ ޔުނީފޯމުވެސް ވަނީ ދައްކާލާފައެވެ. … Read more