ރ.މަޑުއްވަރީ މަސްވެރިންގެ ހިޔާ ތަރައްޤީކުރުމަށް އެސް.އައި ބިލްޑަރސް އާއި ޙަވާލުކޮށްފި
ރ.މަޑުއްވަރީގައި ތަރައްޤީކުރުމަށް ފަށާފައިވާ މަސްވެރިންގެހިޔާގައި ނުނިމިހުރި ބައެއް މަސައްކަތްތައް ކުރުމަށް އެސް.އައި ބިލްޑަރސް އާއި ޙަވާލުކޮށްފިއެވެ. ކައުންސިލުން މިމަސައްކަތް ކުރުމަށް އެފަރާތާއި ޙަވާލުކޮށްފައިވަނީ ސެޕްޓެންބަރު 13 ވީ ބުދަ ދުވަހުއެވެ. މިމަސައްކަތް ނިންމުމަށް 25 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަސައްކަތުގެ އަގަކީ 49,990.00 (ސާޅީސްނުވަހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ) ދިވެހި ރުފިޔާއެވެ. މިމަސައްކަތް ނިމިގެންދާއިރު މަސްވެރިންގެ ހިޔާއިން ފާޚާނާއެއްގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން ފުރާޅުން ފެން ނެގުމަށް ދިޔަދޮވި ހަރުކުރެވިގެންދާނެއެވެ.