ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން މަޑުއްވަރީގައި ފަށައިފި
ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން ރ.މަޑުއްވަރީގައި މިއަދު ފަށައިފިއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދާ މިއޮޑިޝަން ކުރިއަށްދަނީ މަޑުއްވަރީ ސްކޫލްގައެވެ. ހެނދުނުގެ ދަންފަޅި ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. މެންދުރުފަހުގެ ދަންފަޅި ކުރިއަށްދާނީ 14:00 ން ފެށިގެން 16:00 އަށެވެ. އަދި ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:00 ން 22:00 އަށެވެ. މިއޮޑިޝަނަކީ ޤައުމީ މުބާރާތުގައި ރ.އަތޮޅު ތަމްޞީލުކުރާނެ ބައިވެރިން ކަނޑައެޅުމަށް ރ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އޮޑިޝަންގައި … Read more